×
މިއީ 2018އިން 2021އަށް ޔުނިވަރުސިޓީ އޮފު މަލާޔާ، މެލޭޝިޔާގައި ޕީ.އެޗް.ޑީ ޑިގުރީއަކަށް ލިޔުނު ވަޤުފުގެ ދިރާސާއިން ލިބުނު މަޢުލޫމާތުގެ އަލީގައި ދިވެހިބަހުން ލިޔުނު ވަޤުފުގެ އަޙުކާމުތަކެކެވެ. މި މަސައްކަތް މުހިންމުވީ ދެ ސަބަބަކަށް ޓަކައެވެ. ފުރަތަމަ ސަބަބަކީ މީގެކުރިން ދިވެހިބަހުން މި ފަދަ ފޮތެއް ލިޔެވިފައި ނެތުމެވެ. ދެވަނަ ސަބަބަކީ ވަޤުފުގެ މައުޟޫޢަށް ޝައުޤުވެރިވާ ފަރާތްތަކަށް ދޮރެއް ހުޅުވައިދިނުމެވެ.