ހިޖާމާގެ ވަގުތާމެދު ވާރިދުވެފައިވާ ހަދީސުތައް ދިރާސާކުރުން
أعرض المحتوى باللغة العربية
ހިޖާމާއަކީ نبيއާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ބަސްފުޅުތަކުންނާއި އަމަލުފުޅުތަކުން އެކަމަށް ހިތްވަރު ދެއްވިފައިވާ ބޭސްފަރުވާއެކެވެ. އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. (إنَّ أمثَلَ ما تَداويتُم به الحِجامةُ) މާނައީ: ހަމަކަށަވަރުން ތިޔަބައިމީހުން ލިބިގަންނަ އެންމެ ރަނގަޅު ފަރުވާއަކީ ހިޖާމާއެވެ. ނަމަވެސް ހިޖާމާގެ ފަރުވާއަށް ދިމާވި އެއް މައްސަލައަކީ ހިޖާމާ ޖެހުމަށް އެކަލޭގެފާނު ދެއްވެވި ހިތްވަރުގެ ތެރެއަށް ވަރަށް ގިނަ ސައްހަނޫން ހަދީސްތައް މީސްތަކުން އަމިއްލައަށް އުފައްދައިގެން ވެއްދުމެވެ. ޚާއްސަކޮށް ހިޖާމާގެ ވަގުތުތަކާއި ދުވަސްތަކާމެދުގައެވެ. އެފަދަ ހަދީސްތަކާމެދު މީސްތަކުންގެ މެދުގައި ޚިޔާލު ތަފާތުވެ ވާހަކަ ދެއްކޭތީވެ އެ ހަދީސުތަކުގެ ސައްހަނުސައްހަ ދަނެގަތުމަށް ޓަކައި މިފަދަ ދިރާސާއެއްގެ މުހިންމުކަންބޮޑެވެ.